ކުރިން ލީކްވެފައިވާ އޯޑިއޯއެއްގެ ވާހަކަދައްކަނީ ސިޔާސީ ބޭނުމެއްގައި - ޔާމީން

މީގެ އަހަރެއްހާ ދުވަސް ކުރިން ލީކުވެފައިވާ އޯޑިއޯގެ ވާހަކަ އަލުން މިއަދު ދައްކަން ފަށާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން ލީކްވި އޯޑިއޯއެއްގެ ޚަބަރު ހަވީރު ނޫހުގައި މިއަދު އަނެއްކާވެސް ޖަހާފައި ވަނިކޮށެވެ.
އޯޑިއޯ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އަލުން އެއޯޑިއޯގެ ވާހަކަދައްކަވަނީ ރިޔާސީ އިންތިޙާބު ކައިރިވެފައި ވާތީ އޯޑިއޯ ބޭނުންކޮށް ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އޭނާއަށް ލިބޭނެ ސިޔާސީ ގެއްލުމެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
މިއަދު ހަވީރު ނޫހުގައި ޖަހާފައިވާ ޚަބަރުގައިވާ އޯޑިއޯގެ ޚަބަރު މީގެ އަހަރެއްހާ ދުވަސް ކުރިން މީޑިއާތަކުގައި ވަނީ ގެނެސްދީފައެވެ. ނަމަވެސް މިއަދު ހަވީރު ނޫހުގައި ޝާއިއު ކުރި ޚަބަރުގައި އޯޑިއޯ ލީކްވި ތާރީހެއް ލިޔެފަކާ ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ