ޑީއާރުޕީ އަންހެނުންގެ ގޮފީގެ ހަރަކާތްތައް ފައިސާ ހޯދުމުގެ ގޮތުން ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ހަމަޖައްސައިފި

14:30ޑީއާރުޕީ އަންހެނުންގެ ގޮފީގެ ހަރަކާތްތައް ހިނގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ކާބޯތަކެތީގެ މައުރަޒެއް އަންނަ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ޑީއާރުޕީގެ އަންހެނުން ގޮފީގެ ރައީސާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ފަރާތުން އިންތިޒާމްކޮށްގެން އަންނަ  މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެ މައުރަޒާ ބެހޭ މައުލޫމާތު ދެއްވަމުން ދުންނާ ވިދާޅުވީ އެ މައުރަޒުގައި މައިގަނޑު ގޮތެއްގައި ހުންނާނީ ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެކި ވައްތަރުގެ ދިވެހި ކާއެއްޗެހި ކަމަށާއި އެކަމުގެ ބޭނުމަކީ އެޕާޓީގެ އަންހެނުންގެ ގޮފީގެ ހަރަކާތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ކަމަށެވެ. އެ މައުރަޒަށް މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ ޑީއާރުޕީގެ އަންހެނުންނަކީ އަބަދުވެސް ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށެވެ. އެގޮތުން ދާދި ފަހުން ޕާޓީގެ ޒައީމްގެ ގޮވާލެއްވުމަކަށް އެ ޕާޓީއަށް ވަތް އަންހެނުންގެ އަދަދު އިތުރުވެގެން ގޮސްފައިވާކަން ދުންޔާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ