އިސްމައިލް އަބްދުލްހަމީދުގެ ގޮނޑި ވެސް ގެއްލިއްޖެ

މުޙައްމަދު ޖިނާޙް އަލީ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްހަމީދުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ހުކުމްކޮށްފިއެވެ.
ދަށު ކޯޓުން އިސްމައިލް އަބްދުލް ހަމީދުގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ ގަސްތުގައި ބަޔަކަށް ނާޖާއީޒު ފައިދާ އިސްމައިލް އަބްދުލްހަމީދު ހޯއްދަވައިދެއްވި ކަމަށެވެ. އިސްމައިލް އަބްދުލް ހަމީދުގެ ގޮނޑި ގެއްލިފައިމިވަނީ މީގެ ހަފްތާއެއް ކުރިން ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާގެ ގޮނޑި ވެސް ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ