ރައީސް ޔާމީން މުލަކު އަތޮޅަށް މިއަދު ވަޑައިގަންނަވަނީ

ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްގަރު މުލައް އަދި މުއްޔަށް ވަޑައިގަންވާނެ ކަމަށެވެ. ރައީސްގެ ދަތުރުފުޅާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ. ދާދި ފަހުން ރައީސް ޔާމީން ވަނީ ށ. އަތޮޅަށްވެސް ވަޑައިގެންފައެވެ. އެއަތޮޅު ބިލެއްފަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ބިލެއްފަހީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އަޅުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ