ބ. ޖުޑީޝަލް ދާއިރާ ވަގުތީ ގޮތުން އަޙުމަދު ލަތީފާ ހަވާލުކޮށްފި

ވަގުތީ ގޮތުން ބ. ޖުޑީޝަލް ދާއިރާ ހިންގުން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފާއި ހަވާލުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކުރި ގޮތުގައި އަހުމަދު ލަތީފާއި ބ. ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ދާއިރާ ވަގުތީ ގޮޮތުން ހިންގަވަމުން ގެންދެވި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ އުއްމުކުލްސޫމް އަބޫބަކުރު އަމިއްލައަށް އެދިގެން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓަށް ބަދަލުވުމާ ގުޅިގެންނެވެ.
ޖޭއެސްސީން ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމުމާއި ގުޅިގެން 11 ފެބްރުވަރީ 2021 ން ފެށިގެން ބ. ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީ ގޮތުން ހިންގަވަމުނ ގެންދަވާނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފެވެ.
އެކޮމިޝަނުން މި ގޮތަށް ނިންމާފައި ވަނީ 24 ޖަނަވަރީ 2021 ގައި ބޭއްވި އެ ކޮމިޝަންގެ މި އަހަރުގެ 07 ވަނަ ބައްދަލުވުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ