ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހަކާއި އިތުރު މީހަކު މަސްތުވާތަކެއްޗާއެކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 31, އާއި ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހްމަދު، 26, ކަމަށެވެ. އޭގެ ތެރެއިން ޝިޔާޒާ މަސައްކަތް ކުރަނީ ފުލުސް އޮފީހުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެ އެވެ.
މައްސަލައާ ގުޅިގެން އެ ދެމީހުން ކޯޓަށް ހާޒިރު ކުރުމުން އައިޝަތު ޝިޔާޒާގެ ބަންދަށް ފަސް ދުވަސް އަދި ސައިފުﷲ ގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ