މި ހަފްތާ އެއްކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް

މިހާރު ރާއްޖޭއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުމްބައްދަލުވާތީ ކުރާ ވިއްސާރައެއް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުންބުނެފިއެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް މިއޮތް 7 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތަށް މި ވަގުތު މާގަދަ ނޫންނަމަވެސް ހަފްތާ ބަންދުތެރޭ ކަނޑު ގަދަވުން އެކަށީގެންވާކަމަވެސް އޮފިސަލު ވިދާޅުވި އެވެ.
Alert White for heavy rain and thunderstorms. pic.twitter.com/aFTvYkVNwZ— Maldives Meteorology (@MetMaldives) December 4, 2022
މެޓް އޮފީހުން މުޅި ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުކުރީ 11:00 ން ހަވީރު 17:00 އަށެވެ.
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި 3 މޭލާއި 13 މޭލާ ދެމެދު ވައިގަދަ ވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ