މުޅި ދައުލަތް ފެއިލް ވުމުން ރައްޔިތުން ޤާނޫނު އަތަށް ނަގަން ފަށައިފި: ނިޒާރު

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން މުޅި ދައުލަތް ފެއިލްވެ، ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި, ރާއްޖެ ހަލާކުވެ މި ނިމެނީ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މުޅި ދައުލަތް ފެއިލްވެފައިވާކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ."މިކަމުގައި މުޅި ދައުލަތް ފެއިލް ވެއްޖެ. ރައްޔިތުން ގޮތް ހުސްވެ ޤާނޫނު އަތަށް ނަގަން ފަށައިފި." ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން ޓެގް ކުރައްވައި ނިޒާރު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.އޭނާ އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްލަށް އޮތް ހުރަހެއް ކަމާއި ބެހޭ އިދާރާތަކަށް ބުނެ ނުދެވުނު ކަމަށާއި ނަމަވެސް އެކަމުގައި ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ