"މިސާލަކަށް މެނުފެކްޗަރަރ އަތުން ތަކެތި ހޯދުން އެއީ އެންމެ ރަނގަޅު ގޮތަކީ. މެނުފެކްޗަރަރ އަތުން ތަކެތި، ސީދާ ނުހޯދޭނަމަ ރަނގަޅު ކުންފުންޏެއް އަތުން ހޯދަން ޖެހެނީ. މި ދެންނެވީ ޓެކްނިކަލް ނޯހައު ދަންނަ ފަންނީ ތަޖުރިބާ ހުންނަ ބައެއްގެ އަތުން މިތަކެތި ހޯދާ ކަމަށްވަންޏާ، ރަނގަޅު ތަކެތި ހޯދޭނެ" އަފީފު ވިދާޅުވިއެވެ.
ކުރިން ހިނގާފައިވާ ގޯސްތައް ތަކުރާރުވިޔަ ނުދީ، ޒިންމާދާރުކަމާއެކު ކަންކަން އިސްލާހުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ފާހަގަކުރަމުން އަފީފު ވިދާޅުވީ މި ބަދަލުތަކާއެކު ފެނަކައިގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ސްޕެއާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކުންފުނީގެ އައު އިމާރާތުގެ މަސައްކަތް ނިމުމުން، މުދާ ރައްކާކުރުމަށް ބޭނުންވާ ޖާގަވެސް ގާއިމުކުރެވިގެންދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވިއެވެ.
ފެނަކައިގެ ޕްރޮކިއުމެންޓު ނިޒާމު ހަރުދަނާކުރަން އިތުރު ފިޔަވަޅުތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ