ލާމު ގަމުން ރުށް ބޭރު ކުރަނީ ކައުންސިލުން ހުއްދަ ދީގެން - ކަސްޓަމްސް

ލާމު ގަމުން ރުށް ބޭރު ކުރަނީ ކައުންސިލުން ހުއްދަ ދީގެން ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް މިއަދު ލިބުނު ކަމަށާއި މި މައްސަލަ އިތުރަށް ބެލިބެލުމުން މިއުޅަނދަށް ރުއްބަރުކުރަނީ ލ.ގަން ކައުންސިލުން ހުއްދަދީގެން ކަން އެނގިފައިވާ ކަމަށެވެ.
"މީގެ އިތުރުން ރިސޯޓް ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިންގ ކްރާފްޓެއް ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް މިއަދު ލިބުމުން، މި މައްސަލަ އިތުރަށް ބެލިބެލުމުން މިއުޅަނދަށް ރުއްބަރުކުރަނީ ލ.ގަން ކައުންސިލުން ހުއްދަދީގެން ކަމުގައި ވަނީ އެ ނގިފައެވެ. ނަމަވެސް މިމައްސަލަވެސް އެންވައަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަލަމުން ދާކަމުގައި ދެންނެވީމެވެ." އެބަޔާނުގައި ވެއެވެ.
މީގެ އިތުރުން މިބަޔާނުގައި މިއަދު ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލިބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދާކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް މިއަދު ލިބުމާގުޅިގެން އެމައްސަލަ ކޯސްޓްގާޑް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާގުޅިގެން މިގެންދަނީ އިތުރަށް ބަލަމުންދާ ކަމަށްވަނީ ބުނެފައެއެވެ. އަދި މިއުޅަނދަކީ ސިނަމާލެ ބްރިޖުގެ ޕްރޮޖެކްޓްގައި ބޭނުންކުރުމަށް ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމާއި އަދި މިއުޅަނދު ދަތުރުކުރަމުން ދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަން މިހާތަނަށް ބެލިބެލުމުން ވަނީ އެނގިފައި ކަމަށް މިބަޔާނުގައި ބުނެފައިވެއެވ.
ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރުކުރުމާއި ގޮސްއައިސްވުމާއި އެ އުޅަނދު ފަހަރަށް ތަކެތި އަރުވާ ބޭލުމ ކަސްޓަމްސްގެ ޤާނޫނާއި ޤަވާއިދުގެ ދަށުން މަނާކަމެކެވެ. ރާއްޖެއަށް އައިސް ގޮސްފައިވާ އުޅަނދުފަހަރަށް ރާއްޖޭގައި ހިންގާ އެންމެހާ މުއާމަލާތްތައް ހިންގަން ޖެހެނީ ކަސްޓަމްސްގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި ރާއްޖޭގައި ހިންގާ އިޤްތިޞާދީ ބޮޑެތި ޕްރޮޖެކްޓަތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެއްޗެވެ. މިފަދަ އުޅަނދު ފަހަރުގެ ކަންކަން މި އޮފީހުން ބަލަހައްޓަމުން ގެންދަނީ އުޅަނދަށް އައްޔަނުކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީކުރެވިފައިވާ ލޯކަލް އެޖެންޓް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ