އިސްލާމިކް މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފް ފަންޑަށް 30 އޭޕްރީލް 2022 ގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިގޮތަށް ނިންމެވީ، މިފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދެން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުންނެވެ.
30 އޭޕްރީލް 2022 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން މެންދުރު 12:00 އަށް މިނިސްޓރީގެ ރިސެޕްޝަނުން ނަގުދު ފައިސާއިން ބަލައިގަންނާނެއެވެ.
ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެވުމުގައި މިހާރު ބޭނުންކުރަނީ ބަނޑޭރި ޕޯޓަލްއެވެ.
ނަގުދު ފައިސާއިން މިނިސްޓްރީގެ މިފަންޑުތަކަށް ފައިސާ ބަލައިގަންނަގޮތަށް ހަމަޖެހިފައި ވީނަމަވެސް ބަނޑޭރިޕޭއިންވެސް ފައިސާ ޖަމާކުރެވޭނެއެވެ.
ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބޭނުންކުރަން ޖެހެނީ https://bandeyripay.finance.gov.mv މި ލިންކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ