ނަމަލްގެ ދައުވަތަކަށް ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވަނީ

ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރިލަންކާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށެވެ. މިއީ ފަސްވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސްރިލަންކާގެ އިސްވެރިންނާއި، ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. ސްރީލަންކާ ޔޫތު ޕާލަމެންޓަކީ އެގައުމުގެ ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރުތައް އަށަގެންނެވުމުގެ މަގުސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ