އައްޑޫގައި 12,000 މީހުން ފިޠުރު ޒަކާތް ދެއްކި، ފައިސާ ބަހައި ނިންމައިފި

އައްޑޫގައި 12،000 މީހުންނަށްވުރެ ގިނަ މީހުން ފިޠުރު ޒަކާތު ފައިސާ ދައްކާފައިވާ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި އެކައުންސިލުން ވަނީ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައި ނިންމާފައެވެ. އެސިޓީގައި ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި 1031 މީހުން ތިބި ކަމުގައިވެސް ސިޓީ ކައުންސިލުން ހާމަކުރިއެވެ. މުޅި އައްޑޫ ސިޓީން ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 349،079 ރުފިޔާ ކަމުގައިވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން ހިތަދޫން 182،430 ރުފިޔާ ލިބުނު ކަމުގައި އެކައުންސިލުން ހާމަކުރިއެވެ. ހިތަދޫގައި ތިބި ޒަކާތުގެ ޙައްޤުވެރިންގެ ޢަދަދަކީ 541 މީހުންނެވެ. ކޮންމެ މީހަކަށް 337 ރުފިޔާ ލިބުނު ކަމަށް ކައުންސިލުން ބުނިއެވެ. ހަމައެހެންމެ މަރަދޫގައި 72 މީހުން ޙައްޤުވެރިންގެ ގޮތުގައި ތިބިއިރު ލިބުނީ 42403 ރުފިޔާ ކަމުގައާއި ކޮންމެ މީހަކަށް 588 ރުފިޔާ ދިން ކަމަށްވެސް ވިދާޅުވިއެވެ. އަދި މަރަދޫ ފޭދޫގައި ކޮންމެ ފަޤީރަކަށް ލިބުނީ 341 ރުފިޔާއެވެ. އަދި ފޭދޫގައި ކޮންމެ ރައްޔިތަކަށް 568 ރުފިޔާ ލިބުނެވެ. ހުޅުދޫގައި ކޮންމެ މީހަކަށް ލިބުނީ 109 ރުފިޔާއެވެ. މީދޫގައި ލިބުނީ 227 ރުފިޔާއެވެ. މާލެ ސިޓީ ފިޔަވައި ރާެއްޖޭގައި އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫ ސިޓީއެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ