ޖަލްސާތައް ކުރިއަށްދާނީ މާލަމުގައި 42 މެންބަރުން ތިއްބަވައިގެން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާނީ އެއްފަހަރާ ގިނަ ވެގެން 42 މެމްބަރުން މާލަމުގައި ތިއްބަވައިގެންނެވެ. މަޖިލީހުގެ ޖަލްސާތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދަވާނީ ނިއުނޯމަލްގައި ޖަލްސާތައް ކުރިއަށް ގެންދެވުމަށް އެޗްޕީއޭގެ ލަފާގެ މަތިން އެކުލަވާލައިފައިވާ އުޞޫލާ އެއް ގޮތަށެވެ. 
ކުރިއާ ޚިލާފަށް އެއްވަގުތެއްގައި މާލަމުގައި ތިއްބެވޭނީ މޭޒެއްގައި މެމްބަރަކަށެވެ. އެއީ އެޗްޕީއޭއިން ކަނޑައަޅައިފައިވާ ދުރުމިނުގައި މެމްބަރުން ތިއްބަވަން ޖެހޭތީއެވެ.  ވޯޓް ލުން ވެސް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ އުޞޫލަކީ ފުރަތަމަ ތިއްބަވާ މެންބަރުން ނިމި ވަޑައިގެން ނުކުންނެވުމުން ދެންތިއްބެވި މެމްބަރުން މާލަމަށް ވެދެ ވަޑައިގެން ވޯޓްގައި ބައިވެރިވެވަޑައި ގަންނަވާ ގޮތަށެވެ. 
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު މާލަމުގައި ވެސް މެމްބަރުންނާއި މުވައްޒަފުންވެސް ތިއްބަވަން ޖެހެނީ މާސްކް އަޅައިގެންނެވެ. މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މިއުޞޫލުތައް ތަންފީޒުކުރައްވާނީ މަޖިލީހުގެ ސާރޖަންޓް އެޓް އާރމްސް އެވެ.
ކޮވިޑާ ކުޅިންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ މެމްބަރުން ގޭގައި ތިއްބަވައިގެން އިންޓަރނެޓްގެ ޒަރީޢާއިންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ