ނިޒާމާއި ބެހޭގޮތުން ގޮތެއް ނިންމާކަމަށްވާނަމަ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީ: ރައީސް

އެއްވެސް އިރެއްގައި ވެރިކަމުގެ ނިޒާމާއިމެދު ގޮތެއް ނިންމާކަމަށްވާނަމަ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އެ މަގާމުގައި ހުންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް ކަމަށާއި، އެމަނިކުފާނުގެ  ސިކުނޑި އާއި އެހެން ކަންކަން އެ ނޫން ކަމަކަށް ހުސްކުރާކަށް ބޭނުންފުޅު ނުވާކަމަށެވެ.
ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަގުތު ހުސްކުރަން ބޭނުން ފުޅުވަނީ އަދި ވިސްނުންފުޅު ބަހަށްޓަން ބޭނުންފުޅުވަނީ އެމަނިކުފާނު ވެވަޑައިގަތް ވަޢުދުތައް ފުއްދުމުގައި ކުރިއަށް ދިޔުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުވަނީ ކޯލީޝަން ސަރުކާރު ދެމިއޮންނާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހައުސިންގ މިނިސްޓްރީ އުވާލެއްވީ ވިސްނަވައި، މަޝްވަރާ ކުރުމަށްފަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ