ކުކުޅުން ޖެހޭ ވައިރަސް އަކުން މުޅި ދުނިޔޭގެ ދެބައި ކުޅަ އެއްބައި މީހުން މަރުވެދާނެ ކަމުގެ އިންޒާރު

ކޮވިޑް19 އަށް ވުރެ އެތައް ގުނައެއް ނުރައްކާ އަދި މުޅު ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން މަރުވެދާނެ ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރިދާނެ ކަމުގެ ބިރު ސައިންސްވެރިއަކު ދީފިއެވެ.
މި ވައިރަހަކީ ކުކުޅުގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ. އަދި އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށްފިނަމަ މި ވައިރަހުގެ ނުރައްކާތެރިކަން އިންތިހާއަށް ހިނގައިދާނެ ކަމަށް މި ވައިރަހުގެ އިންޒާރު ދިން ސައިންސްވެރިޔާ ކަމަށްވާ ޑރ. މައިކަލް ގްރެގޯ ވަނީ ބުނެފައެވެ.
ޑެއިލީ މެއިލް އިން ޑރ. މައިކަލް ގްރެގޯ އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އަހަރެމެން އިންސާނުން ޖަނަވާރުންނާއި ބަހައްޓާ ގާތް ގުޅުމަކީ އިތުރު ބަލިމަޑުކަމެއް ފެތުރުމަށް ހުޅުވިގެންދާ ދޮރެކެވެ. އެގޮތުން މި ފަދަ ޖަނަވާރުން ގެންގުޅުމާއި ކަތިލުމާއި ކެއުމުގައި ވެސް ސަމާލުވާންވީ މިންވަރަށް ނުވެވިއްޖެ ނަަމަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޭނާ ވަނީ ދީފައެވެ.
ޒޫނޯސަސް އޭ ނަަމަކަށް ކިޔާ މި ވައިރަހަކީ ޖަނަވާރުން ގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ އިންފެކްޝަނެކެވެ. މި އިންފެކްޝަން ކުކުޅާއި އޫރު އަދި ގެރި އިން ވެސް އިންސާނުންގެ ގަޔަށް އަރާ ކަމަށް ޑރ. މައިކަލް ގްރެގޯ ބުނެފައިވެއެވެ.
އަދި މި ވައިރަހަކީ އިންސާނުންގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ އިންސާނާ މަރަށް ހުށައެޅޭހާ ބާރުގަދަ ވައިރަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ