މުއިއްޒުއާ ޒޫމް މެދުވެރިކޮށް ބައްދަލުކޮށްލުމުގެ ފުރުސަތު މިރޭ އޮންނާނެ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒުއާ ޒޫމް މެދުވެރިކޮށް ބައްދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ރޭ އޮންނަ މި ހަރަކާތުގައި އާންމުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ޒޫމް މެދުވެެރިކޮށް ވާޗުއަލްކޮށް ޑރ.މުއިއްޒުއާ ބައްދަލުކޮށް، ސުވާލު އެހުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކެމްޕެއިނުން މައުލޫމާތުދެއެވެ. މި ސެޝަންތައް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރެވިގެންދާނެއެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ ސެޝަނެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ ބައްދަލުވުމުގައި ބައިވެރިވާނެގޮތުގެ ތަފްސީލްތައް ތިރީގައި އެވަނީއެވެ.
މިރޭގެ ޒޫމް ބައްދަލުވުން ފެށޭނީ 9 ޖަހާއިރުގައެވެ.
ފޮަޓޯ: ވަން އޮންލައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ