ޖޫރިމަނާކޮަށްގެން ފައިސާ ހޯދުމަކީ ބޮޑު ސިނާއަތަކަށް ހަދައިފި: ސަޢީދު

ދުއްވާ އުޅަނދުފަހަރު ޖޫރިމަނާކޮށް، އެކަމުން ދައުލަތަށް އާމްދަނީ ހޯދުމަކީ ބޮޑު ސިނާއަތަކަށް މި ސަރުކާރުން ހަދާފައިވާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އުމުރުން 18 އަހަރު ނުފުރެނީސް، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ޤާނޫނާއި ޚިލާފަށް ދުއްވައިގެންނާއި، ލައިސަންސް ނެތި ދުއްވައިގެން ޖޫރިމަނާ ކުރެވުނު ޒުވާނުންނަށް ލުޔެއް ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން ސަޢީދު ވިދާޅުވީ، މި މައްސަލަ އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފު ހުށަހެޅުއްވީ، ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވުމުން، ޒުވާނުންނަށް އެެއްޗެއް ވިސްނައި ދިނުމަށް ކަމަށާއި، ހުށަހެޅުއްވި މައްސަލައިގައި އޭނާ ފާހަގަނުކުރައްވާ މުހިންމު ނުކުތާތަކެއްވެސް ހުރި ކަމަށެވެ.
ސަޢީދު ވިދާޅުވީ، މި ސަރުކާރުން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ރުފިޔާއެއް، ޖޫރިމަނާކޮށްގެން ހޯދަމުން އަންނަ ކަމަށެވެ.
"މިހާބޮޑަށް އިންތިޚާބަކާއި ކައިރިކޮށްފައި ސަރުކާރުން މިކަން ކުރާ ސަބަބު، ޒުވާނުންނަށް އެބަ އެނގޭ" ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ