ފުލުހުންގެ ވެހިކަލަށް ގައު އުކި މީހާ ދޫކޮށްލައި އަންހެން ކުއްޖާއަށް ފަސްދުވަހަށް މުއްދަތު ޖަހައިފި

ރޭ އުސްފަސްގަނޑު ސަރަހައްދުން ފުލުހުންގެ ވެހިކަލަކަށް ހަމަލާދީގެން ހައްޔަރުކުރި މީހާ ދޫކޮށްލައި، ފުލުހުންނާއި ޒުވާބު ކޮށްގެން ހައްޔަރުކުރި އަންހެންކުއްޖާއަށް ފަސްދުވަހުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ އެދެމީހުންނަށް މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމުން ފިރިހެން މީހާއަށް މުއްދަތު ޖަހައިދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރޭ އުސްފަސްގަނޑުގައި ފުލުހުންނާއި ޒުވާބުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ އެކްޓިވިސްޓަށް ފަސްދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލަށް ގައު އުކައިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގދ.ދެއްވަދޫ އަސްވާޑު ހުސެން ވަހީދެވެ. އަދި ފުލުހުންނާއި ޒުވާބުކޮށްގެން ހައްޔަރުކޮށްފައި ވަނީ ޅ.ހިންނަވަރު ނަބީޒް އައިޝަތު ނިރާޝާ އެވެ.
އެމްޑީޕީން ބުނެފައި ވަނީ ޖިނާއީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެޕާޓީގެ ދެ މެމްބަރުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފުލުހުން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ