ސިފައިންގެ އާޓް އެގްޒިބިޝަން ފަށައިފި

ޗީފް އޮފް ޑިފެންސް ފޯސް އާޓް އެންޑް ކްރާފްޓް އެގްޒިބިޝަން 2013 މިއަދު ފަށައިފިއެވެ.
ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދާ މިއެގްޒިބިޝަން ފައްޓަވާ ދެއްވާފައިވަނީ ލެފްޓިނެންޓް ރިޓަޔަރޑް އިބްރާހީމް ފުއާދުއެވެ. އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް (އެމްޕީއެސް) އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ޗީފް އޮފް ޑިފެންސް ފޯސް އާރޓް އެންޑް ކްރާފްޓް އެގްޒިބިޝަން އެންމެ ފުރަތަމަ ބޭއްވިފައިވަނީ 2012 ވަނަ އަހަރުއެވެ. އެގްޒިބިޝަން މިއަހަރު ބާއްވާފައިވަނީ އެހެން އަހަރުތަކާއި ހިލާފަށް ސިފައިންގެ އިތުރުން ސިފައިންގެ އާއިލާތަކަށް ހުޅުވާލައިގެންނެވެ.
ޗީފް އޮފް ޑިފެންސް ފޯސް އާރޓް އެންޑް ކްރާފްޓް އެގްޒިބިޝަންގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯރ ސްޕޮންސަރަކީ ދިރާގެވެ.
އާޓް އެގްޒިބިޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެގްޒިބިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް ހޮވުނު ފަރާތްތަކަށްވަނީ އިނާމު ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ