ހައުސިން މިނިސްޓްރީ އަށް ސްޓޭޓް މިނިސްޓަރެއް ހަމަޖައްސައިފި

މިނިސްޓަ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އިންފްރާސްޓްރަކްޗާކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލަށް ހަމަޖެއްސެވީ މ. އަނދުންކޮށީގެ ހަސަން ރަޝީދެވެ.
ހަސަން ރަޝީދަކީ ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެއްބަފާ ބޭބެ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ވެސް ވަނީ ބޭފުޅަކު ހަމަޖައްސަވާފަ އެވެ. މި މަގާމަށް ހަމަޖައްސަވާފައި ވަނީ ގ. ކެތީރޯޒް ޑރ. އިސްމާއިލް ޝަރީފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ