އެއް ވަނައަށް އަރަން ސެވިއްޔާއަށް ލިބުނު ފުރުސަތު ގެއްލިއްޖެ

ސްޕެނިސް ލީގުގެ އެއް ވަނަ މަގާމަށް އެރުމަށް ސެވިއްޔާއަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
އެފުރުސަތު ސެވިއްޔާއަށް ގެއްލުނީ ލީގުގައި ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން 1-0 ލަނޑުން ބަލިވުމުންނެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ސެވިއްޔާ ކޮޅަށް ރެއާލްއިން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާ އެވެ. އޭނާ އެ ލަނޑު ރެއާލްއަށް ކާމިޔާބު ކޮސްދިނީ މެޗުގެ 64 ވަނަ މިނެޓުގައި ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މީގެ އިތުރުން ސްޕެނިސް ލީގައި ރޭ ގްރެނޭޑާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ 2-0 ލަނޑުން ބަލިވިއިރު، އަލަވޭސް އަތުން 2-0 ލަނޑުން އެތުލެޓިކް ބިލްބާއޯ ވަނީ މޮޅުވެފައެވެ.
ރޭ ކުޅެވިގެން ދިޔަ މިމެޗްތަކަށްފަހު، ސްޕެނިސް ލީގުގެ ތާވަލަށް ބަލާއިރު، އެއް ވަނަ މަގާމްގައި 11 ޕޮއިންތް ހަމަ ކޮށްގެން އޮތީ އެތުލެޓިކޯ ބިލްބާއޯއެވެ. އެޓީމަށް ކުރި ލިބެނީ ލަނޑުގެތަފާތުން ކުރީގައި އޮތުމުންނެވެ. އަދި ހަމަ އެއަދަދަށް ޕޮއިންޓް ހަމަ ކޮށްގެން ރެއާލް ތާވަލްގެ ދެ ވަނަ މަގާމްގައި އޮތްއިރު، ރޭ ބާސާ އަތުން މޮޅުވި ގްރެނޭޑާ އޮތީ 10 ޕޮއިންތް ހޯދައިގެން ތާވަލްގެ ތިން ވަނަ މަގާމްގައެވެ. އަދި ލީގް ތާވަލްގެ ހަތަރު ވަނަ މަގާމްގައި 10 ޕޮއިންޓާއެކު ރެއާލް ސޮސައިޑާޑް އޮތް އިރު ފަސް ވަނަ މަގާމްގައި 10 ޕޮއިންޓާއކު އޮތީ ސެވިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ