އާ ދެ ކުންފުންޏަށް މެންބަރުން އައްޔަން ކޮށްފި

ސަރުކާރުން އަލަށް އުފެއްދެވި ދެ ކުންފުންޏަށް މެންބަރުން އައްޔަން ކުރައްވައިފި އެވެ.
ސަރުކާރުން ދާދި ފަހުން ވަނީ ރޯޑްޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓާ، ޓްރޭޑްނެޓް މޯލްޑްވިސް ކޯޕަރޭޝަން ލިމިޑެޓްގެ ނަމުގައި ދެ ކުންފުންޏެއް އުފައްދާފަ އެވެ.
ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓާގެ މެނޭޖިން ޑިރެކްޓަރަކީ މޫސާ އަލި މަނިކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ އަހުމަދު ޝަރީފާއި އަހުމަދު މަރުޒޫގާއި އަދި ޝަމްވީލް މުހައްމަދެވެ.
ޓްރޭޑްނެޓް މޯލްޑްވިސް ކޯޕަރޭޝަން ލިމިޑެޓްގެ ޗެއާމަންއަކީ ޔޫސުފް ރިޒާ އެވެ. އަދި މެނޭޖިން ޑިރެކްޓަރަކީ އަހުމަދު ޝިހާމް އަލީ އެވެ. ޑިރެކްޓަރުގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ ނާހިޔާ މުހައްމަދާއި ޝުރުފާ އަބްދުލް ވާހިދާއި މަހުމޫދު ރިޔާޒާއި މަރިޔަމް ވިޝާމް އަހުމަދެވެ.
ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އަދި ޗެއާމަންއެއް ހަމަޖައްސާފައިނުވާއިރު، މޯލްޑްވިސް ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑަށްވެސް އިތުރު ބޭފުޅަކު އަދި އައްޔަން ކުރާނެ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވީ މިދިއަ ޖޫން މަހުގެ ތެރޭގަ އެވެ. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފެއްދޫ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ