ޑރ.މުއިއްޒުގެ ލަދުހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަށް ނުނިކުންނާާނެ: ރައީސް ނަޝީދު

ކުރީގެ ހައުސިންގ މިނިސްޓަރ އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ޑރ.މުހައްމަދު މުއިއްޒުގެ ލަދުހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަށް ނުނިކުންނާާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ "ރަށްވެހި ފަތިސް" އިފްތިތާހުކުރުމަށް މާލޭ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަހުން މާާލޭ ހަލާާކުކޮށްލުމުގެ މޭސްތިރިއަކަށް ހުންނެވީ "ހޮޅި މުއިއްޒު" ކަމަށާއި، އެބޭފުޅާ ވަޒީރުކަމުގައި ހުންނަވައިގެން ކުރެއްވި ކަންތައްތައް ހަނދާނުން ނުނެތޭނެކަމަށެވެ. އަދި އެބޭފުޅާ އިންތިޚާބުގައި ވާދަކުރައްވަން ލަދުގަންނަން ޖެހިވަޑައިގަންނަވަން ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އޭނާ ވަޒީރު ކަމުގައޭ ކިޔައި ހުންނަވައިގެން މި މާލެއަށް ކުރިހާ ކަންތައް އަޅުގަނޑުމެން ހިތުން ފިލައިގެން ދާނެތާ؟ ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރޭގެ ވާާހަކަފުޅުގައި އެމަނިކުފާނު ވަނީ އިިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އޭރުވެސް ބްރިޖް އޯކޭ ކަމަށާއި ރައްޔިތުންނަށް އޯކޭ ނުވަނީ ވައްކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅުން ކުރިމަތިލާންވީ ސަބަބެއްވެސް ނެތްކަމަށާއި އަދި އެފަރާތްތަކަށް ވޯޓުދޭންވީ ސަބަބެއްވެސް ނެތްކަމަށެވެ.
 އަދި ޕީޕީއެމްއަށް ކައުންސިލްތައް ދިނުމަކީ ޑްރެކިއުލާއަކަށް ބްލަޑް ބޭންކެއް ދިނުންފަދަ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ