އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ ފާޑުކިއުން ބޭންކްތަކަށް!

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަން ނުވަތަ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއާއި ބޭންކް ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބޭންކުތަކަށް އަމާޒުކުރައްވާ ރައީސް ޔާމީން ވާޑު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ބައެއް ފަރާތްތަކަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ފިޔަވަޅު އެޅުއްވިކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެހެން ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެގެން ދިޔަގޮތާއިގުޅޭގޮތުން ބޭންކްތަކުގެ ކޮނެމެވެސް ލެވަލަކުން ޒިންމާ ނަގަން ޖެހޭކަމުގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގަންނަވާކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ބޭންކްތަކުން ޖަމާކޮށްދިނީ ކީއްވެތޯ ސުވާލު ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކްރޮސް ޗެކްތަކެއް، ތަކުރާރުކޮށް އަމިއްލް ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކުރަމުން ގެންދިޔައިރު އެކަމާއިމެދު ބޭންކުތަކުންނާއި އެމްއެމްއޭއިން ފިޔަވަޅު އަޅަން ޖެހޭ ކަމުގައެވެ. އަދި އެފަދަކަމެއްގައި ބޭންކުތަކުން ފިޔަވަޅުނޭޅީ ކީއްވެތޯއާއި ދައުލަތަށް ވަންނަން ޖެހޭ ފައިސާގެ ޗެކްތައް ތަކުރާރުކޮށް އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކުރަމުން ގެންދިޔައިރު އެކަމާއި ބޭންކު ތަކުން ސުވާލު ނުއުފެއްދީ އަދި އެފައިސާ ޖަމާކޮށްދެމުން ގެންދިޔައީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ