އެމެރިކާއާ ފްރާންސް މާކެޓުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

މި އަހަރު ރާއްޖެއަށް އައި އެމެރިކާ އާއި ފްރާންސް ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ، މި ދެ މާކެޓުން ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެމެރިކާއަށް ފޯކަސްކޮށް އެމެރިކާ މާކެޓަށް ކުރަމުންދާ ކެމްޕޭންތަކުގެ ނަތީޖާއެެއްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 20,584 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 18,267 މީހުންނާ އަޅާ ބަލާއިރު 12.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު އެކަނި އެމެރިކާއިން 3,129 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު އައި 2,754 މީހުންނާ އަޅާބަލާއިރު 13.6 ޕަސެންޓް އިތުރު ވުމެކެވެ.
މި އަހަރުގެ މިހާތަނަށް ފްރާންސުން 30,360 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 24,645 މީހުންނާ އަޅާ ބަލާއިރު 23.2 ޕަސެންޓް އިތުރު ވުމެކެވެ. އަދި މިދިޔަ މަހު އެކަނި 1,057 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު އައި 701 މީހުންނާ އަޅާ ބަލާއިރު 50.8 ޕަސެންޓް އިތުރު ވުމެކެވެ.
ފްރާންސް މާކެޓު ރަނގަޅު ވެގެން ދިޔައިރު، ފްރާންސުން ރާއްޖެއަށް މިދިޔަ އަހަރު ވަނީ ސީދާ ދަތުރުތަކެއް ފަށާފަ އެވެ. ފްރާންސުގެ ވެރިރަށް ޕެރިހުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ މި ފްލައިޓުގެ ދަތުރުތަކާއެކު އެ މާކެޓު ވަނީ ވަރަށް ބޮޑުތަން ރަނގަޅު ވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތު ތަކުގައިވާ ގޮތުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 93،786 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ގޮތުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 726،515 މީހުން އައިސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ