އަސްކޮއި ހައްޖު އެންޑް އުމްރާ އިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ލަނޑުދިން މީހުން އެކަން ފުލުހަށް ރިޕޯޓް ކުރަން އެދިއްޖެ އެވެ.
އުމްރާއަށް ގެންދަން ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން އެތައް ބަޔަކަށް ވަނީ ލަނޑު ދީފަ އެވެ. އެލަނޑު ލިބުނު މީހުން އެެކަން ހާމަކުރީ އިއްޔެ އެއްވެސް ގޮތެއް ނެތިގެންނެވެ. އެ މީހުން އެކަން ކުރީ އުމްރާއަށް ނުގެންދެވޭނެ ކަމަށް އެ ގުރޫޕުން އެންގުމުންނެވެ. އަދި ފަހުން އެ ގުރޫޕްގެ ވެރީން ފޯނަށް ވެސް ޖަވާބު ނުދޭތީ އެވެ.
އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ފުލުހަށް ހުށައަޅާފަ އެވެ.
ފުލުހުން ދެންމެ ބުނީ އެ މައްސަލަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ބަލަމުންދާ ކަމަށެވެ. އެހެން ކަމުން އެ ގުރޫޕްގެ ފަރާތުން އެފަދަ ކަމެއް ދިމާވެފައިވާ މީހަކު ނަމަ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުމަށް ނުވަތަ ހާޒިރުވެ އެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.
އަސްކޮއި އިން ލަނޑުދިން މީހުން ފުލުހަށް ރިޕޯޓް ކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ