އެމްޑީޕީ މެންބަރުން ތިބީ ދެ އާއިލާއެއްގެ ޒުވާބުގައި ތާށިވެފައި: ރީކޯ “ދެލިމާލި ނެރެ” ގައުމުތަކުގެ ވެރިންނަށް މަލާމާތް ކުރަން ހިތްވަރު ދިނީ ޔާމީން: ފަލާހް ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފަށައިފި އަހަރުގެ އެންމެ ޒުވާން ހޮޓަލިއާ

ފޭސްބުކް މެސެންޖާ މެދުވެރިކޮށް މީހަކާ ގުޅުން އުފައްދައިގެން ބޭންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުހައްމަދު (38އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުހައްމަދު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ވައިބާ މެދުވެރިކޮށް މޫސާ މުހައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑިފައިވާކަމަށެވެ. އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުހައްމަދުގެ ނަމުގައިވާ އެކައުންޓަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ