އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖެހުން: ބިދޭސީއަކު މަރުވެއްޖެ

މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި މިއަދު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހަދިސާގައި ބިދޭސީއަކު މަރުވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ބިދޭސީއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ