ކ. ގުޅީފަޅު ބޭރުގައި އަޅާފައި އޮތް ބޮޑު މާސިންގާ ބާޖެއްގެ ވާ ކަނޑައިގެން ދިޔުމާ ގުޅިގެން ކަހާލައިގެން ގޮސް، އެ ސަރަހައްދުގައި އަޅާފައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މި މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ގާތްގަނޑަކަށް 300 ފޫޓު ދިގު ބާޖު މި ވަގުތު އޮތީ ގުޅީފަޅުގެ ތިލަ ސަރަހައްދަށް ބީހިފަ އެވެ. މި ބާޖު ބީހުނު ސަރަހައްދުގައި ކުދި ދޯނިތަކާއި ބައެއް ސަފާރީ އުޅަނދުފަހަރުތަކާއި ޑައިވް ދޯނިތައް ވެސް އަޅާފައި އޮތެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަނުކުރާތީ މި ބާޖާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
ބާޖު އޮތް ސަރަހައްދު ފެންނަ ގޮތަށް މި ނޫހަށް ލިބިފައިވާ ފޮޓޯތަކާއި މަންޒަރުތަކުން ފެންނަ ގޮތުގައި ބާޖު އޮތީ ގޮނޑުދޮށާ ވަރަށް ކައިރިގައި، ވަރަށް ތިލަ ސަރަހައްދެއްގަ އެވެ.
ބާޖު އިތުރަށް ބީހުނަ ނުދީ ހިފަހައްޓަމުން ގެންދަނީ ޓަގު ބޯޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އެ ސަރަހައްދު ތިލަކަމުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިހެން ހިނގާ ހާދިސާތަކުގައި ތިމާވެއްޓާއި މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ދޭން ޖެހެ އެވެ. ރާއްޖޭގައި ތިމާވެށީގެ ޖޫރިމަނާތައް އެންމެ ގިނައީ ވެސް، އަދި އެންމެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރީ ވެސް އާގު ބޯޓުފަހަރާއި ބޮޑެތި ބާޖުތައް ފަރަށް އަރައިގެން ލިބުނު ގެއްލުންތަކަށެވެ.
މި ހާދިސާގައި ތިމާވެއްޓަށް ގެއްލުމެއް ލިބުނު ކަން އަދި ކަށަވަރު ނުވީ ނަމަވެސް މި ނޫހަށް މައުލޫމާތު ދިން މީޙުން ބުނީ ދޯނިތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ނުލިބެ އެވެ.
ގުޅީފަޅު ބޭރުގައި އަޅާފައި އޮތް މާސިންގާ ބާޖެއް ކަހާލައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ ގުޅީފަޅު ބޭރުގައި އަޅާފައި އޮތް މާސިންގާ ބާޖެއް ކަހާލައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ