އިންޑިއާގެެ އިންޑިގޯ އެއާލައިނުން 1،000އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރުމާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރު ކުރުން މަޑުޖެހިފައި އޮންނަތާ މިދިޔަ ހުކުރު ދުވަހާ ހަމައަށް ހަތަރު ވަނަ ދުވަސް ފާއިތުވެއްޖެ އެވެ.
އެއާ އެކު ނިއުދިއްލީން ފުރާ ހުރިހާ ފްލައިޓެއް ވެސް ހިމެނޭތީ ސަރުކާރުން ވަނީ އެ ގައުމުގެ އެންމެ ބޮޑު އެއާލައިނަށް ހާއްސަ ލުއިތަކެއް ދޭން ނިންމައިފަ އެވެ.
ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ޕައިލެޓުން ދަތުރުކުރާ ގަޑި މަދުކޮށް ރޭގަނޑުގެ ދަތުރުތައް ކުރިއަށް ގެންދިއުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ނަމަވެސް އިންޑިގޯ އިން ބުނީ އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މިދިޔަ މަހު 1ގެ ކުރިން ރަނގަޅަށް ޕްލޭން ކުރެވިފައި ނުވާ ކަމަށެވެ. ވައިގެ ދަތުރު މިހާރު އޮތީ މި މަހުގެ އެންމެ ޕީކް ރޭޓްގަ އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، އެތައް ހާސް ފަސިންޖަރުން ވަނީ ތާށިވެފަ އެވެ.
އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް ވަނީ އެ އެއާލައިނުގެ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެ ހުރަސްތަކުގެ ސަބަބުން އިންޑިގޯގެ އިތުބާރާ މެދު ކަސްޓަމަރުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ.
އެލްބާސް ވިދާޅުވީ މުޅިން ހަމައަކަށް އެޅުވުމަށް ވަގުތު ނަގާނެ ކަމަށާއި މި މަހު 10-15އާ ދެމެދު އެކަން ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިންޑިގޯގެ އެދުމުގެ މަތިން، އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެ ކުންފުންޏަށް އާ އުސޫލުން ވަގުތީ ގޮތުން ލުއި ދީފަ އެވެ.
އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓާ އޮތޯރިޓީން ވަނީ ޕައިލެޓުންގެ އަރާމު އަދި ޑިއުޓީ އުސޫލުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ޕައިލެޓުން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
އިންޑިގޯ އިން ވަނީ ފެބްރުއަރީ 10 ވަނަ ދުވަހާ ހަމައަށް ދަތުރުތައް އަލުން ފަށާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އިންޑިއާގެ އޮފިޝަލުންނަށް ކުރިން އަންގާފަ އެވެ.
އިންޑިގޯ އިން މީގެ ކުރިން ވަނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އަލުން ދަތުރުތައް މުޅިން ހަމައަކަށް އެޅިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އިންޑިއާގެ އޮފިޝަލުންނަށް އަންގައިފަ އެވެ. ނަމަވެސް މި ހަފުތާ އިން ފެށިގެން ކުރިއެރުމެއް އަންނާނެ ކަމަށެވެެ. ނަމަވެސް އެއާ އިންޑިއާ އާެއި އަކާސް ފަދަ ބޮޑެތި އެއާލައިންތަކުން ދަތުރުތައް ކެންސަލްކޮށްފައެއް ނުވެ އެވެ.
އިންޑިގޯގެ ފްލައިޓްތަކަށް ބުރޫއަރައި އިންޑިއާގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ