ސްރީލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއެސްއެމްއިން އިސްނަގައި މީޑިއާތަކާ ގުޅިގެން ފެށި ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނުން ލިބުނު ފައިސާ ދިވެހި ހާރިޖިއްޔާ އާ ހަވާލުކޮށްފިއެވެ.
ސްރީލަންކާއަށް އެހީވުމަށް ކުރިއަށްގެންދިޔަ މި ތެލެތޯނުގައި ހުޅުވާލި ފަންޑަށް 11،553،291.10 ދިވެހި ރުފިޔާ އާއި 51،088.31 ޑޮލަރުގެ އިތުރުން 20 ޔޫރޯ ވަނީ ލިބިފައެވެ. ޕީއެސްއެމްއާއި ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވި މި ތެލެތޯން ކުރިއަށްދިޔައީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން އިއްޔެ މެންދުރުފަހު 3 ޖެހުމާ ހަމަޔަށެވެ.
ތެލެތޯނުން ލިބުނު ފައިސާ ހާރިޖިއްޔާއާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. ހާރިޖިއްޔާގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ތެލެތޯނުން ލިބުނު ފައިސާ ސްރީލަންކާ ސަރުކާރާ ހަދިޔާކުރުމަށް ނިންމާފައިވަނީ ދިވެހި ހާރިޖިއްޔާ މެދުވެރިކޮށެވެ.
ތެލެތޯން އިންތިޒާމްކުރި ސްޓިއަރިން ކޮމިޓީން ބުނެފައިވަނީ، ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.
ތެލެތޯން ކުރިއަށްދިޔައިރު މާލެ ސަރަހައްދުގެ އެކި ދިމާލުގައި ފަންޑްފޮށިތައް ބެހެއްޓުނުއިރު، އެކައުންޓަށް ފައިސާ ޖަމާކުރަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިދީފައެވެ. ތެލެތޯނަށް ކުރިއަށްގެންގޮސްފައިވަނީ މިނިވަން އޮޑިޓްފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.
ސިލޯނާއެކު ދިވެހިން ތެލެތޯނަށް އެންމެގިނައިން ފައިސާ ހަދިޔާކޮށްފައިވަނީ ދިވެހި ފުލުހުންގެ މުއައްސަސާއިންނެވެ. ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާކުރިއިރު، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމާއަތްތަކުންވެސް މިލިއަނުން ފައިސާ ހަދިޔާކޮށްފައެވެ.
"ސިލޯނާއެކު ދިވެހިން" ތެލެތޯނުން ލިބުނު 8 ލައްކައަށްވުރެ ގިނަ ޑޮލަރު, ހާރިޖީ ވުޒާރާއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ