ކާނިވާ ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ނަގަން އަންގައިފި

މާލޭސިޓީގެ ކާނިވާ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އަންނަ ބުދަ ދުވަހުގެ ހަވީރު 6:00ގެ ކުރިން އެތަކެތި ނެގުމަށް މުހުލަތެއްދީ މާލޭ ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އުޅަނދުތައް ނަގަން އަންގާފައިވަނީ އެސަރަަހައްދުގައި ޕާކިން ޒޯނެއްގެ މަސައްކަތް ފެށުމަށް ކަމަށެވެ.
މީގެ އެ ކައުންސިލުން ބުނެފައިވަނީ، ކާނިވާ ސަރަަހައްދުގައި ހެދުމަށް ހަމަޖައްސާފައިވަނީ 52 ސްލޮޓްގެ ޕާކިން ޒޯނެއް ކަމަށެވެ.
އެއީ ފައިސާ ދައްކާ ގޮތަށް، ސްލޮޓަކަށް މަހަކު 3،000 ރުފިޔާގެ އަގަކަށް ދޫކުރަން ހަމަޖައްސާފައިވާ ތަންތަން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
އުޅަނދުފަހަރު ގިނަވެ ތޮއްޖެހުމުގެ ސަބަބުން، ޕާކް ކުރުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެކި ބާވަތްތަކުގެ ޕާކިންޒޯންތަކެއް ހެދުމަށް މާލޭ ސިޓީކައުންސިލުން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ