ސޭބޫގެ ހުރިހާ ރައްޔިތުން އިސްލާމްވުން - އެހެންދީންތަކުގެ މީހުން އަދިވެސް ހީބިހިނަގާ އެންމެ ބޮޑު ސަބަބު!

އެއީ މީގެ 2 އަހަރުކުރިއެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ދުވަހެވެ. މުޅި ދުނިޔެ ސިހިގެންދިއައީ ފިލިޕިންސްގެ ރަށެއް ކަމަށްވާ ސޫބޫގެ ހުރިހާ ރައްޔިތުން އެކުގައި އިސްލާމްވި ޚަބަރުންނެވެ. 
ކްރިސްޓިއަނުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ސޭބޫގެ ރައްޔިތުންގެ ވިސްނުމަށް މިހައި ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ކުރިން އެއްވެސް މީހަކަށް ޤަބޫލުކުރެވިފައި ނެތުމުން އެކަން ވެގެން ދިއައީ މުސްލިމުންނާއި ދެކޮޅަށް މަސައްކަތްކުރާ ޖަމާޢަތްތަކަށް ލިބިގެން ދިއަ ނިޔުކްލިއަރު ހަމަލާއެއް ފަދަ ކަމަކަށެވެ. 
މިކަމުގެ އެންމެ ބޮޑު ސިހުމެއް ލިބިގެންދިއަ 2 ވަނަ ކަމަކަށްވެގެންދިއައީ މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ އިނގިރޭސިވިލާތުގެ މުސްލިމުންގެ ޖަމިއްޔާއަކުން ކަމަށްވުމުންނެވެ. 
ފައިސާއަށް އާޚިރަތް ވިއްކާ ދިވެހިންނަށް ފައިސާ ދީގެން ރާއްޖޭގައި "ކުޑަކުޑަ" ނަމަވެސް ފައްޅިއެއް އަލައިލެވޭތޯ ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަނީވެސް ހަމަ މިފަދަ ހާދިސާތައް ފެންނަމުން އަންނާތީއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުން އިސްލާމްވެ އިސްލާމް ދީނަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކމުގައިވާތީއެވެ. 
ދުނިޔޭގެ އާބާދީގައި މިހާރު މުސްލިމުންގެ ނިޞްބަތަކީ ތިންބައިކުޅަ އެއްބައި ނަމަވެސް ދާދި އަވަހަށް އެންމެ މީހުން ގިނަ ދީނަކީ އިސްލާމް ދީން ކަމުގައިވެގެންދާނެކަން އެމީހުންނަށްވެސް ޤަބޫލުކުރެވޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ