ކޮރަޕްޝަނުން ގެއްލުުނު ފައިސާގެ ތެރެއިން 11 އަހަރު ތެރޭގައި ހޯދުނީ އެންމެ ދެ ލައްކަ ރުފިޔާ

ރާއްޖޭގައި މިދިޔަ 11 އަހަރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ އެންމެ ދެ ލައްކަ ރުފިޔާ ކަަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހޯއްދެވި މައުލޫމާތާ ހަވާލާ ދެއްވައި، އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު މާލީގެ މަގާމު ވެސް ފުރުއްވާ ނިޔާޒު ވިދާޅުވީ، 2008 ގައި އެ އޮފީސް އުފެއްދި ފަހުން މިދިޔަ 11 އަހަރުގެ ތެރޭގައި 265 މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ކަމަށެވެ.
އެކަމަކު، އޭގެ ތެރެއިން 167 މައްސަލައެއް ވަނީ އަލުން ތަހުގީގު ކުރަން ޕީޖީ އޮފީހުން އަނބުރާ ފޮނުވާލާފައިވާކަން ނިޔާޒު ހާމަކުރެއްވި ތަފާސްހިސާބުން ދައްކަ އެވެ. އޭގެ ތެރެއިން 87 މައްސަލަައެއްގައި ދައުވާ ކުރިއިރު، ސާބިތުވީ އެންމެ 17 މައްސަލަ އެވެ. އެކަމަކު، އަދިވެސް ވަކި ގޮތެއް ނުނިމި 40 މައްސަލައެއް ކޯޓުގައި އެބައޮތެވެ.
"މިއީ 11 އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ބެހޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ޕްރޮސެކިއުޓު ކުރެވޭ ހިސާބަށް ގޮސްފައި ހުރި މައްސަލަތަކުގެ ވާހަކަ. އަދި މިދިޔަ 11 އަަހަރުގެ ތެރޭގައި އަނބުރާ ހޯދިފައި ވަނީ 237،567ރ. އިއްޒަތްތެރި ރައީސް،" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަފާސްހިސާބުގެ ބިލްގެ ބަހުސްގައި ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި ސިޔާސަތުތައް ކަނޑައަޅައި ގާނޫނުތައް ހަަދާއިރު ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ. ކޮރަޕްޝަންގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައި ވާތީ އޭނާ ޕީޖީ ހުސަައިން ޝަމީމަށް ޝުކުރު އަދާކުރެއްވި އެވެ.
ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން ދައުލަަތަށް ގެއްލުނު ފައިސާގެ ތެރެއިން މިހާ މަދު އަދަދެއް އަނބުރާ ހޯދުނު އިރު، އެފަދަ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ އަަަދަދު އެތައް ބިލިޔަން ރުފިޔާ އަށް އަރަ އެވެ. ފަހުގެ ތާރީޚުގައި ފަޅާއަރާފައިވާ އެންމެ ބޮޑު މައްސަލައަކީ އެމްމްއެމްޕީއާރުސީގެ ކޮރަޕްޝަނެވެ. އެ މައްސަލައިގައި 1.3 ބިލިޔަން ރުފިޔާ ދައުލަތަކަށް ގެއްލިފައި ވެ އެވެ. އެއީ ޓޫރިޒަމަށް ދޫކުރި ފަޅުރަށްތަކެއްގެ އިކުއިޒިޝަން ފީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ