އާރުސީސީގެ ބިދޭސީންނަށް މުޒާހަރާ ކުރި ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމުން މައްސަލަ ފުލުސް އޮފީހަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހިއްސާވާ އާރުސީސީ ކުންފުނީގެ މުވައްޒަފުން ވެސް މަގުމަތީގައި މުޒާހަރާ ކުރި ކަމަށް ބުނެ ފޮޓޯ އާއްމު ކުރުމުން، އެ ކުންފުނިން މިރޭ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
އަމިއްލަ މީހަކު ހިންގާ ޓެލެގްރާމް ޗެނަލެއް ކަމަށްވާ "އެމްވީ ކްރައިސިސް" އިން މިރޭ އާއްމުކުރި ފޮޓޯ އިން ފެންނަނީ އާރުސީސީ ކުންފުނީގެ ޔުނީފޯމުގައި ތިބި ގިނަ މުވައްޒަފުންތަކެއް މަގުމަތީގައި ކިއޫއެއް ހަދާފައި ތިއްބަ އެވެ. މުސާރަ ނުދީގެން، ހުޅުމާލޭގައި ގިނަ ބިދޭސީންތަކެއް މިއަދު ވެސް މުޒާހަރާ ކޮށްފައި ވަނިކޮށް، އެމްވީ ކްރައިސިސް އިން ބުނީ އާރުސީސީގެ މުވައްޒަފުން ވެސް ތިބީ މުޒާހަރާ ކުރަން ކަމަށެވެ.
އެކަމާ ގުޅިގެން، އާރުސީސީގެ ޗެއާމަން ނާޒިމް "މިހާރު" އަށް ވިދާޅުވީ، އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން މަގުމަތީގައި ތިބީ، ބައެއް މީހުންގެ ވޯކް ވިސާ ކާޑު ހެއްދުމަށް ބޭނުންވާ ފޮޓޯ ނެގުމަށް ފޮޓޯ ނަގާ ސްޓޫޑިއޯގެ ކުރިމަތީގައި ކަމަށެވެ. އެ މަންޒަރު ފޮޓޯ ނެގުމަށް ފަހު، މުޒާހަރާ ކުރަނީ ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމަކީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ކުންފުނީގެ އަގު ވެއްޓޭ ފަދަ ކަމަކަށް ވުމުން، އެ މައްސަލަ ބަލައިދިނުމަށް އެދި މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
RCC ge chairman ge haisiyyathun , @MvCrisis in noosverikamuge minivan kamey bune mi hingaa amaluthah enme harukashi ibaaraathun kuhverikuran. Adhi mirey mi massala @PoliceMv ah hushahalhaanan. Fake news ah Raajjeyga jaagaeh nei! https://t.co/KvaWUYkYEk— Col(rtd)Mohamed Nazim MP (@nazim7878) July 6, 2020
"މިއީ މި ފަދަ ދުވަސްވަރެއްގައި، އަޅުގަނޑުމެންގެ އަގު ވައްޓާލުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް. އެހެންވެ، އެ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ބޭނުންވާތީ މައްސަލަ ހުށަހެޅީ،" ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.
ސީލް މޯލްޑިވްސް އިން ތަރައްގީ ކުރާ ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން، އެ މީހުންނަށް މުސާރަ ނުލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް، ތަނުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެއާ އެކު، ސީލް އިން ރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.
ރިޒް ކުންފުނީގެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ އެވެ.
ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓްސްގެ ބިދޭސީ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭ މައްސަލައިގައި ވެސް މިއަދު ވަނީ މުޒާހަރާކޮށް ފްލެޓްތަކަށް ގެއްލުން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ