ގާސިމްގެ މައްޗަށް ކުރި ހުކުމުގައި އަދުލުވެރި ކަމުގެ ތަންފުކެއްވެސް ނެތް: އަދާލަތު

ޖުމްހޫރޫ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި އަދުލުވެރިކަމުގެ ތަންފުކެއްވެސް ނެތްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް ރޭ ކުރި ހުކުމާއި ގުޅިގެން އެޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވިޓެއްގައެވެ.JP leader Qasim ah koffaiva hukumugai adhuluveri kamuge thanfukeh ves nei!Insaaf qaaim kurumugai mulhi dhaulai nukulhedhifa!#freeGasim pic.twitter.com/Xi8k7QBpw6— Adhaalath Party (@AdhaalathOffice) August 25, 2017އަދާލަތު ޕާޓީންބުނީ ގާސިމްގެ މައްޗަށް ކުރި ހުކުމުގައި އަދުލުވެރި ކަމުގެ ތަންފުކެއްވެސް ނެތްކަމަށާއި، އިންސާފު ގާއިމް ކުރުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާ ކަމުގައެވެ.
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި ވަނިކޮށް ރޭ ގާސިމްގެ ޣައިރު ހާޒިރުގައި ކޮށްފައިވަބނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ