މާދަމާ ޔާމީން އާ ދެކޮޅަށް އަދީބު އާއި ޒިއަތު ހެކިބަސް ދެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިއަތު މާދަމާ ހެކި ބަސް ދެއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެމަނިކުފާނުގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މާދަމާ ހެނދުނު 9:30 ގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އާންމުކޮށް ހުޅުވާލައިގެން ޓީވީތަކުން ލައިވްކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގެ މާދަމާގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނެގުންވެސް ކުރިއަށްދާނެއެވެ.
އަދި އޭގެ ފަހުން އަހުމަދު އަދީބުގެ ހެކި ބަސް ނަގާނެއެވެ. އަދީބުއަށް ފަހު ޒިއަތުގެ ހެކިބަސް ނެގުން އޮންނާނެއެވެ، ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި، އަދީބު އާއި ޒިއަތުގެ ގެ ނަން ހާމާ ކުރުމުން އަދީބު ރައީސް ޔާމީންއާ މެދު އަދާވާތްތެރިކަން އޮންނާނެކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތުނަން ހުށަނޭޅޭނެ ކަމަށެވެ. ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެެރިކަމުގެ އެ ދެ މީހުންގެ މައްސަލަވެސް ތަހުގީގު ކުރުމަށް އެންގީ ރައީސް އޮފީހުން ކަމަށް ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ