ޖަލުގައި ހިނގި ހަމަނުޖެހުން މިދަނީ ބަލަމުން: އެޗްއާރްސީއެމް

ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ބަލައި ތަހުގީގް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެޗްއާރްސީއެމުން ދެންމެ ކުރި ޓްވީޓެއްގައިވަނީ، މާފުށި ޖަލުގައި ހިނގި ހަމަނުޖެހުން ބަލައި ތަހުގީގް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ، މާފުށި ޖަލުގައި މިއަދު ގައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ