މިނިސްޓަރ ޝާހިދު ލަންޑަނަށް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޝާހިދު ލަންޑަނަށް ކުރެއްވި މިދަތުރުފުޅަކީ ވަރަށް ކުރު، ރަސްމީ ދަތުރުފުޅެއް ކަމަށްވެއެވެ. މިދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ކޮމަންވެލްތްގެ ބަޔެއް އިސްބޭފުޅުންނާވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވެއެވެ.
ޝާހިދު ވަނީ ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީގެކުރިންވެސް ލަންޑަނަށް ވަޑައިގެންފައެވެ. އަދި ކޮމަންވެލްތްގެ އިސްވެރިންނާވެސް ބައްދަލު ކުރައްވާފައިވެއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އަލުން ކޮމަންވެލްތްގެ މެމްބަރު ގައުމަކަށް ވުމަށްކަން ޚާރިޖިއްޔާއިން ވަނީ ހާމަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ