ރައީސް ޔާމީން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންނަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓު ފޮނުވައިފި އެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު 11:30 އަށެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރަމުން އަންނަ، މަނީ ލޯންޑްރިންގެ ޝަރީއަތުގެ އަޑުއެހުމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ