ބިދޭސީއެއްގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ފޭރުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ހެންވޭރު ލަންސިމޫގޯޅިން ހިނގާފައިދިޔަ ބިދޭސީއެއްގެ އަތުން ބައިލައްކަ ރުފިޔާ ފޭރުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހެލްމެޓެއް އަޅައިގެން ތޫނު އެއްޗެއް ބޭނުންކޮށްގެން ލަންސިމޫގޯޅިން ހިނގާފައިދިޔަ ބިދޭސީއަކަށް ބިރުދެއްކުމަށް ފައިސާތައް ފޭރިގެން ދުއްވެފައި ދަނިކޮށް، އެވަގުތު މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފޭރިގެންފައިވާ ފައިސާތަކާއެކުއެވެ.
މިމައްސަލަ ފުލުހުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ