ރާއްޖެ ކަހަލަ ގައުމުތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ގިނައިން އެހުން ވަރަށް މުހިންމު: ނަޝީދު

ރާއްޖެ ކަހަލަ ގައުމުތަކުގައި އެކި ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ގިނައިން އެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް މިރޭ ދެއްވި އިންޓަވިއުއެއްގައެވެ.
"ރާއްޖެއަކީ ފަސްލައްކަ މީހުންގެ ގައުމެއް. މިކަހަލަ ގައުމެއްގައި ގިނަގިނައިން ރައްޔިތުން ކައިރީގައި އެހޭނެ. ފެންނަ ނުފެންނަ ވޯޓު އާންމުކުރުން އެއީ ރަނގަޅު ކަމެއް، ބުއްދިވެރި ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންމެ ބޮޑު ބަދަލަކަށް ފެންނަން ޖެހޭނެ އެއް ކަމަކީ ދިވެހިރާއްޖޭގެ އެންމެ ފަހު ބަސް ބުނާނީ ދިވެހި ރައްޔިތުންކަން ކަމަށާއި ދިވެހިރާއްޖޭގެ އެންމެ ފަހު ނިންމުން ނިންމަން ޖެހޭނެ ބަޔަކީ ރައްޔިތުން ކަމަށެވެ.
"އެންމެ ބޮޑު ބަދަލަކަށް ފެންނަން ޖެހޭނެ އެއް ކަމަކީ ދިވެހިރާއްޖޭގެ އެންމެ ފަހު ބަސް ބުނާނީ ދިވެހި ރައްޔިތުންކަން. އެއީ ދިވެހި ރައްޔިތުން ކުރަން ޖެހޭނެ ކަމެއް. ދިވެހިރާއްޖޭގެ ވެރިކަން ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ފަރާތުން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ