އިންޑިއާ އައުޓް ކެމްޕޭނަށް ޔާމީން ދުވާފަރަށް ވަޑައިގެންފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރ.ދުވާފަރަށް މާދަމާ ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.
ޔާމީން ދުވާފަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ޕީޕީއެމުން ބުނީ އެ ހަރަކާތަކީ ދުވާފަރު ރައްޔިތުން އިންތިޒާމު ކުރާ ހަރަކާތެއް ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕޭނަށް ޔާމީން ވަނީ މިދިޔަ ހަފްތާގައި ށ.ފުނަދޫ އަށް ވެސް ވަޑައިގެންފަ އެވެ. ޔާމީން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މި ކެމްޕޭނުގެ ތެރެއިން ފ.ނިލަންދޫ އަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެ ކުރިން ގުރައިދޫ އާއި ތުލުސްދޫއަށް ވެސް ޔާމީން ވަޑައިގެންނެވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ