ރައީސް ޔާމީން އެދިވަޑައިގަތް ގޮތަށް ޝަރީއަތް ކުރުކޮށްދޭން ނިންމައިފި

ކުރީގެ ރައީސްް ޔާމީން އަބްްދުލްްގައްޔޫމްގެ އުނގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުން ގިނައިރު އިށީންދެެވަޑައިގެންް އިނުމަށް ދަތިވެ ޝަރީއަތް ކުރުކޮށްްދެއްވުމަށް އެދިލެއްވި އެދިލެއްވުން ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
ރައީސްްް ޔާމީންް މިފަދައިން އެދިވަޑައިގެންފައި ވަނީ މަނީ ލޯންޑްރިންްގެ ހުމާ އާއި ގުޅިގެން ސުޕްރީމްް ކޯޓުގައި ކުރިއަށް ގެންދާ އިސްތިއުނާފީ ޝަރީއަތުގެ ބުރާސްްފަތި ދުވަހުގެ އަޑުއެހުމުގެގައެވެ.
ކޮންމެ ދުވަހަކު ފަސް ގަޑިއެއްހާއިރަށްް އަޑުއެހުން ދެމިގެންދާކަން ފާހަގަކުރައްވާ ރައީސް ޔާމީންް ވިދާޅުވީ ދެ ގަޑިއެއްްހާއިރު ވެސް އިށީންދެ އިނުމަކީ އެމަނިކުފާނަށްް ދަތި ކަމެއް ކަމަށާއި، އެހެން ކަމުންް އެކަަމަށް ހެއްލެއް ހޯދައިދިނުމަށް އެދިލައްވާ ކަމަށެވެ.
"އަޅުގަނޑު ހަމަ އިދާރީ ވާހަކައެއް ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް، އަޅުގަނޑަށް ތެދު ތެދަށް ދަންނަވަންޏާ ވަރަށް ދަތިވޭ ކޮންޓިނިއަސްލީ 2 ގަޑީއިރު ގޮނޑިއެއްގައި އިންނަންވެސް، މިއަދުވެސް ޝެޑިއުލް ކުރައްވާފައި ތިއޮތީ އަދި އަޅުގަނޑަށް އެނގޭ ގޮތުގައި ކުރިއަށްވެސް ޝެޑިއުލް ކުރައްވާފައި ތި އޮތީ ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 5 ގަޑިއިރެއްހާއިރު، ހެނދުނުވެސް ސެޝަނެއް އޮވެފައި ބްރޭކަަކަށްފަހު އަނެއްކާވެސް އައިސް 2 ގަޑިއިރެއްހާއިރު، އެހެންވީމާ ކޮންމެސް ގޮތަކަށް މިކަމަށް ރިއާޔަތް ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމަކަށްވާތީ ދަންނަވާލީ" ރައީސް ޔާމީން ވިދާޅުވިއެވެ.
މި ޝަރީއަތުގެ އަޑުއެހުންތައްް ސުޕްރީމް ކޯޓުން ކުރިއަށް ގެންދިއުމަށް އޭރު ނިންމާފައި އޮތީ ހެނދުނު 9:00 އިން ފެށިގެން 12:00 އަދި އެއް ގަޑިއިރުގެ ބްްރޭކަކަށް ފަހު 13:00 އިން 15:00 އަށެވެ. އެެހެެން ނަމަވެސް ރައީސް ޔާމީން އެދިލެއްވުމުން މިހާރު ވަނި ހެނދުނު 9:00 އިން ފެށިގެން 12:00 އަށް އަޑުއެހުން ކުރިއަށް ގެންދިއުމަށް ފަހު ނިންމާލުމަށްް ފާސްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގްގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.
މި ފައިސާ ދެފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ޗެކުތަކެއްގެ ގޮތުގައި ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންކަމަށް ދަށުކޯޓުގައި ދައުލަތުން އުުފުލި ދަޢުވާގައިވަނީ ބުނެފައެވެ.
މި މައްްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ