ނިމިދިޔަ ބައިގަރުނުގެ ތެރޭގައިވެސް ރައްޔިތުންނަށް ހެޔޮއެދޭ ވެރިއަކަށް ހުންނެވީ ރައީސް ޔާމީން: މުފީދު

ދިވެހިރާއްޖޭގެ ތާރީޚަށް ބާލިކަމުގައިވީ ނަމަވެސް ނިމިގެން ދިޔަ ބައި ގަރުނުގައި ވެރިކަން ކުރެއްވި ވެރިންގެ ތެރެއިންވެސް ރައްޔިތުންނަށް ހެޔޮ އެދިލެއްވި ހަމަ އެކަނި ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.ރައީސް ޔާމީނަށް ނުހައްގުން އިވައްވާފއިވާ ޖަލު ހުކުމާ ދެކޮޅަށް އަޑު އުފުލަން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލު މެމްބަރުކަންވެސް ކުރައްވާ މުފީދު ވިދާޅުވީ، މި ސަރުކާރުން ގެންދަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީގެ ނަންނަ ބަދަލު ކުރަމުން ކަމަށާ ނަމަވެސް ނަން ބަދަލު ކުރިނަމަވެސް އޭގެ އަސްލު އޮޅުވާ ނުލެވޭނެ ކަމަށެވެ.މުފީދު ވިދާޅުވީ މި ސަރުކާރަކީ ކަމެއްވާ ސަރުކާރެއް ނޫން ކަމަށާ މި ސަރުޚާރުގެ ސަބަބުން ގައުމު ތަރައްގީގެ ދުވެލީގައި ދަތުރުކުރަމުން އައި ހަވަނަ ގިޔަރުގައި ދަބަރު ޖަހައި ތަރައްގީ މަޑު ޖެހިއްޖެ ކަމަށް ވެސް މުފީދުގެ ވާހަކައިގައި ފަހަގަ ކުރެއްވިއެވެ.މުފީދު އިތުރަށް ވިދާޅުވީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވެ ފާއިތުވެ ދިޔަ 445 ވަރަކަށް އަހަރުގެ ދިގު ތާރީޚުގައިވެސް ރައީސް ޔާމިން ގައުމަށް ގެނެސްދެއްވި ތަރައްގީއާ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދެއްވި ދެއްވުމާ މި ގައުމު ދުށް ފަހި ދުވަސްތައް ފަދަ ދުވަސްތަކެއް ދެކެފައި ނުވާ ކަމަށެވެ.މުފީދު ވިދާޅުވީ އެގޮތުން ބާލއިރު ފާއިތުވި ބައި ގަރުނުގެ ތެރޭގައިވެސް ދިވެހި ތަޚުތުގައި ރެދަލުކަން ކުރެއްވި ވެރިންގެ ތެރެއިންވެސް ރައްޔިތުންނަށް ހެޔޮ އެދިވަށއިގެންނެވި ވެރިޔަކު ރައީސް ޔާމީން ފިޔަވައި ދިވެހި ތާރީޚު ދެކެފައި ނުވާކަމީ ފެންނާން އޮތް ހަގީގަތެއް ކަމަށެވެ.މުފީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު ޕީޕީއެމް ޕީއެންސީއަސް ކާމިޔާބުކޮށްދޭން ދިވެހި ރައްޔިތުން ވޯޓު ދޭން ޖެހޭ ކަމަށަ އެއީ މި ގައުމު މިސްރާބު ޖަހާފއިވާ އަޅުވެތިކަމުގެ ނުފޫޒުން ގައުމު މިނިވަން ކުރެވެން އޮތް ހަމައެކަނި ގޮތް ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ