ވަކިވާކަށް ތާއީދެއްނުކުރަން އެކަމަކު ރައްޔިތުން ކުރާކަމަކަށް އެއްބާރުލުން ދޭނަން: ކައުންސިލަރުން

އައްޑޫސިޓީ ހުޅުދުއާއި މީދޫ އައްޑޫސިޓީން ވަކިވުމަށް ރައީސަށް ހުށަހެޅުމަށް ތަރައްޔާރު ކުރަމުންދާ ޕެޓިޝަނަށް ތާއިދު ނުކުރައްވާ ކަމަށް ހުޅުދުއާއި މީދޫގެ ކައުންސިލަރުން ވިދާޅުވެއްޖެއެވެ.
މީދޫ ދާއިރާގެ ކައުންސިލަރ ހިޔާޒާއި ހުޅުދޫ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ވަކިވެގެތުމަކީ ތާއިދު ކުރާކަމެއްނޫން ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ކުރާ ކަމަކަށް އެއްބާރު ލެއްވުން ދެއްވާނެ ކަމަށެވެ. "އެއީ އެންމެ ރަގަޅުކަމެއްނޫން. އެހެންނަމަވެސް ރައްޔިތުން ހޮވައިފައިވާ ކައުންސިލަރުންގެ ހައިދިއްޔަތުން އެކަމަށް އެއްބާރު ލުން ދޭނަން،" ހިޔާޒު ވިދާޅުވިއެވެ.
ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ސައިރިކްސް ޝަރީފް ވިދާޅުވީ އެއި ހުޅުދުއާއި މީދޫގެ ރައްޔިތުން ވަރަށްބާރަށް ކުރިއަށް ގެންދަވާ ޕެޓިޝަނެއް ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީއަކަށް ބަދަލުވެ ހުޅުދުއާއި މީދޫ ކައުންސިލަރުން ފެށުނީއްސުރެން ދާންޖެހެނީ ހިތަދުއަށް ކަމަށެވެ. ހިތަދުއަށް ގޮސް ހުޅުމީދުއަށް ކަމެއްކުރަން މިޖެހެނީ މަޝްވަރާކޮށް  ވޯޓަށް އަހަން ކަމަށް އޭނާ ވިދާޅުވިއެވެ. " ވޯޓަކުން ކުރާކަމެއް ކަމަށްވާނަމަ އެކަމެއްނުކުރެވޭނެ. މިއަދާ ހަކަށް ކައުންސިލް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ހުޅުދުއާއި މީދޫ ވަނީ އެކަހެރި ކޮށްފައި،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެދެރަށުގެ ކައިރީގައިހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެދެރަށް ތަރައްގީ ކުރެވޭނެ ކަމަށެވެ. ބޭނުންވަނީ ދެރަށުގައި ދެ ކައުންސިލަރުން ތިބެގެން ރަށްކުރިއެރުވުން ކަމަށް ވިދާޅުވިއެވެ.
އައްޑޫސިޓީގެ މޭޔަރުވެސް ހުޅުދޫ އާއި މީދުއަށް ވަޑައިގަންނަވަނީ ވަރަށް މަދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހުޅުދުއަކީ ވަރަށް ވިޔާފާރިގެ ވިސްނުން ހުރި މީހުން ދިރިއުޅޭ ރަށެއް ކަމަށެވެ. އެހެންކަމުން ކައުންސިލަރުން މެދުވެރިވެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަންކަން ފަހިކޮށް ރަށުގެ ކުރިއެރުމަށް މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ހޯދުމަކީ ޕެޓިޝަންގެ އެއް ބޭނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ