މެރިން އެކްސްޕޯ މި ހަފްތާގައި، ތީމްއަކީ މެރިން ޓެކްނޮލިޖީ

ރާއްޖޭގެ ލިވަބޯޑް ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ފަސްވަނަ މައުރަޒު މި ހަފްތާގެ ތެރޭގައި ފަށަން އިއުލާންކޮށްފި އެވެ. މި މަހުގެ 23 - 25 ގެ ނިޔަލަށް ދަރުބާރުގެއާއި މަސްވެރިންގެ ޕާކުގައި ކުރިއަށް ގެންދާ އެ މައުރަޒުގައި 30 ކުންފުންޏަކުން ބައިވެރިވާނެ އެވެ. މިއަހަރުގެ މައުރަޒުގެ ތީމްއަކީ މެރިން ޓެކްނޮލޮޖީ އެވެ. މި ތީމްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ އެހީއާއެކު މެރިޓައިމް އޮޕަރޭޝަންތަކަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާ ކުރުން ކަމަށް ފެއާ އިންތިޒާމް ކުރާ ބުލަކްއިން ބުންޏެވެ. ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ މައުރަޒުގައި ވެސް ބައިވެރިވާ ކުންފުނިތަކުގެ އުޅަނދުތައް ދައްކާލުމަށް ވޯޓާ ޑިސްޕްލޭ އޭރިއާއެއް ހުންނާނެ އެވެ. މިއަހަރުގެ މައުރަޒުގައި ވޯޓާ ޑިސްޕްލޭ އޭރިއާ ހުންނާނީ މަސްވެރިންގެ ޕާކުގަ އެވެ. އެ މައުރަޒުގެ މިއަހަރުގެ މެއިން ސްޕޮންސަރަކަށް ގަލްފް ކްރާފްޓް ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރަކީ، އަލް-ޝާލީ މެރިން އެވެ. މިއަހަރުގެ މައުރަޒު ޓޫރިޒަމް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީން ވެސް ވަނީ އެންޑޯޒްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ