މިއަދު ޕޮޒިޓިވްވީ 51 މީހުން

ކޮވިޑު-19 އަށް މިއަދު 5 1 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހުން ނިސްބަތްވަނީ ރިސޯޓުތަކަށް ކަމަށެވެ. އަދި މާލެ ސަރަހައްދުން 19 މީހަކު ޕޮޒިޓިވްވެފައިވާ އިރު 3 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،513 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 917 ކޭސް އެވެ. މި ބަލިން 13540 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 69 މީހަކަށެވެ. މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ