އިންޑިއާގެ ހިލޭ އެހީގައި ކުޑަކުދިންގެ ޕާކުތަކެއް އަޅަނީ

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 10 ރަށެއްގައި ކުޑަކުދިންނަށް ހާއްސަ ޕާކުތަކެއް ތަރައްގީކުރަން ނިންމައިފި އެވެ.
ޔޫތު މިނސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕާކު އެޅުމަށް ނިންމާފައިވަނީ އުތުރުގެ 10 ރަށެއްގައި ކަމަށެވެ.
އެގޮތުން ޕާކް އަޅަން ނިންމާފައިވާ ރަށްތަކަކީ ހދ. ނާވައިދޫ، ށ. ޅައިމަގު، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ބިލެތްފަހި، ށ. ފޭދޫ، ނ.މާފަރު އަދި ނ.ފޮއްދޫ ގަ އެވެ.
މި މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމައި ބައެއް ރަށްތަކުގައި މި މަސައްކަތް ކުރުމަށް ކުންފުނިތަކާވެސް ހަވާލު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ